ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2،280 މީހުން އެބަތިބި ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 992 ކަމަށް ރައީސް އޮފީހުން ހާމަކުރުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.
ހަމައެއާއެކު އަމީރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 2،280 އެއްހާ މީހުން އެބަތިބި ކަމަށާއި، އެ އަދަދު މި ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން އެބަހުރި ކަމަށެވެ.
އޭގެ އިތުރުން އަމީރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން 10 އިންސައްތަ އުނިކުރި ނަމަވެސް 2030 ސިޔާސީ މުވައްޒަފުން މި ސަރުކާރުގައި ތިބޭނެ ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ގުނާ އުސޫލުން ގުނައިފިނަމަ އެމްޑީޕީ ސަރުކާރުގެ ސިޔާސީ މުއައްޒަފުންގެ އަދަދު 400 އަށް ވެސް ނާރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 992 ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެކަމުގެ ވައުދާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު