ފާއިތުވި މެއި މަހާއި ޖޫން މަހު މާލޭގައި 210 ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.
ފެމިލީ ކޯޓަށް އެންމެ ގިނައިން ހުށަހެޅެނީ ވަރީގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ވަރީގެ 151 މައްސަލަ މެއި މަހު އެކޯޓަށް ހުށަހެޅިއިރު ޖޫން މަހު ވަނީ އެފަދަ 120 މައްސަލައެއް ހުށަހެޅިފައެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވީ މެއި މަހު އެކޯޓުން ވަނީ ވަރީގެ 147 މައްސަލަ ނިންމާފައެވެ. އަދި ޖޫން މަހު ވަރީގެ 63 މައްސަލަ ފެމިލީ ކޯޓުން ނިންމާފައިވެއެވެ.
އޭގެއިތުރުން މެއި މަހު ފެމިލީ ކޯޓުން 280 ކައިވެނި ކޮށްދީފައިވާއިރު ޖޫން މަހު 180 ކައިވެނި ކޮށްދީފައިވާކަމަށް ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އާބާދީގެ ނިސްބަތަށް ބަލާއިރު ރާއްޖެއަކީ ދުނިޔޭގައިވެސް ވަރީގެ ނިސްބަތް އެންމެ ގިނަ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު