ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހި ފުލުހުންގެ ޚިދުމަތް
އުމްރާއަށް ދިއުމަށްޓަކައި އަސްކޮއި ކުންފުންޏަށް ފައިސާ ދެއްކި ނަމަވެސް، އެކުންފުނިން ލަނޑު ދީފައިވާ މީހުން އެމައްސަލަ ރިޕޯޓް ކުރުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގައި އުމްރާއަށް ދިޔުމުގެ އިންތިޒާމް ހަމަޖައްސައިދީފައިނުވާ ކަމަށް ބުނާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުންގެ އެކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ކަމާގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް، ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެގްރޫޕުން ލަނޑު ދީފައިވާ މީހުން ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށް ފުލުހުން މިއަދު ވަނީ އެދިފައެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، އަސްކޮއި ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު، ޢުމްރާއަށް ނުގެންދިޔަ މައްސަލައެއް ފެންމަތިވެފައިވާތީ އެ މައްސަލަ ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް އަސްކޮއި ޖަމާޢަތުން ހަ މީހުންގެ އާއިލާއަކަށް ލަނޑުދީގެން މިނިސްޓްރީން ވަނީ އެ މައްސަލަ ވެސް ބަލާފައެވެ.



ކިޔުންތެރިންގެ ހިޔާލު