ރާއްޖޭގެ އިސްލާމިކް ލައިބްރަރީ
ރާއްޖޭގެ އިސްލާމިކް ލައިބްރަރީ
އިސްލާމިކް ލައިބްރަރީތަކަކަށް ބޭނުންވާ ފޮތްތައް ހޯދުމަށް އިއުލާން ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފޮތް ހޯދަމުން ދަނީ ރ. އުނގޫފާރު އިސްލާމިކް ސެންޓަރާއި، ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރާއި، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު އަދި ފުވައްމުލަކުސިޓީ ޤުރްއާން ސެންޓަރުގައި ޤާއިމުކުރާ ލައިބްރަރީތަކަށްކަމަށެވެ.

މި ފޮތްތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ބަހުންނާއި، އިނގިރޭސި ބަހުން ހުރި އިސްލާމީ، ތަޢުލީމީ، އިޖުތިމާޢީ، އިޤްތިޞާދީ، ކުޑަކުދިންގެ ފޮތްތަކާއި، އަދަބީ ފޮތްތަކާއި، މިނޫންވެސް ދާއިރާތަކުގެ ފޮތްތައްކަމަށް މިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން އެ ދާއިރާތަކުން އިސްލާމިކް ލައިބްރަރީތަކަށް ފޮތްތައް ވިއްކަން ބޭނުންވާ ފަރާތްތައް، ފޮތްތަކުގެ ނަންތަކާއި އަގުތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އެ ވުޒާރާއިން ޙިއްސާކޮށްފައިވާ ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވަށް ވަނީ ހުޅުވާލާފައެވެ. އަދި ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު