ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ޑްރޯން ޝޯ ބޭއްވުމަށް 6.5 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ނިންމާފައިވާތީ، މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ނުރުހުން ފާޅުކުރަށްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްރޭޑްމާކް ބިލަށް ބަހުސް ކުރަށްވަމުން މެންބަރު ޣަފޫރު ވިދާޅުވީ، ޖުލައި 26 ގައި ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ބާއްވަނީ 6.5 މިލިއަން ޑޮލަރުގެ އަގަކަށް ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް ފަސް ރަށުގެ ފެނާއި ނަރުދަމާ އެޅޭނެ އަގު ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ، ދައުލަތުން ފައިސާ ނެތް ވާހަކަ ދެއްކި ނަމަވެސް ފެންނަނީ ބޭކާރު ޚަރަދު ކުރާ މަންޒަރު ކަމަށެވެ. އަދި ޔޫރަޕްގެ ގައުމެއްގައި ވެސް މިކަހަލަ މުނާސަބަތުތައް ފާހަގަކުރަން ގަޑިއެއްހާއިރަށް 6.5 މިލިއަން ޑޮލަރު ޚަރަދު ނުކުރާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
“ޑްރޯން ޝޯއެއް ބާއްވާލަން 6.5 މިލިއަން ޑޮލަރު ޚަރަދުކޮށްލަނީ. ޖުލައި 26ގައި އެއާޕޯޓު ހުޅުވަން 130 މިލިއަން ރުފިޔާ! ކުޅުދުއްފުށި ހޮސްޕިޓަލުގައި އެތަނަށް ބޭނުންވާ ޑޮކްޓަރުންނާ ބޭސް ނެތީމާ އެކަމެއް ނުކޮށްދެވޭ.” ނުރުހުން ފާޅު ކުރަށްވަމުން ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތްފެށި ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި 26 ގައެވެ.
ވީއައިއޭގެ އާ ޓާމިނަލް ތަރައްގީ ކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭގޮތަށެވެ. އޭގެއިތުރުން އައު ޓާމިނަލުން އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއޭލުން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު