ރަށްރަށުގެ ޔޫތު ސެންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުމުން ދާއިމީ ވަޒީފާތައް ލިބޭނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރޭ ކުރިއަށް ދިޔަ ”އަހާ ފޯރަމް“ގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން އެ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަލަށް ގާއިމު ކުރާ ޔޫތު ސެންޓަރުތައް ހުންނާނީ ޒުވާނުން އެދޭ ފެންވަރަށް ކަމަށެވެ.
އަދި ރަނގަޅު ފެސިލިޓީސްތަކާ އެކު އަލުން ޔޫތު ސެންޓަރުތައް ތަރައްޤީ ކުރެވިގެންދާއިރު ވަޒީފާގެ ގިނަ ފުރުސަތުތައް އެތަންތަނުން ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ރަށު ފެންވަރުގައި ރަނގަޅު ވަޒީފާތަކެއް އެ ޔޫތު ސެންޓަރުތަކުން ލިބޭނެ ކަމަށެވެ.
އަދި އަންނަ މަހުން ފެށިގެން މާލީ އެހީތެރިކަން ބޭނުންވާ ފަންނުވެރިންނަށް ޕޯޓަލެއް މެދުވެރިކޮށް އެޕްލައިކޮށްގެން މާލީ އެހީތެރިކަމަށް އެދެވޭނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު