މަރްޔަމް ނަހްދާ ވަޙީދު   15 ޖުލައި 2025 - 8:31
ހުޅުމާލޭގެ ޝްވެކް ސިނަމާ-
ހުޅުމާލޭގެ ޝްވެކް ސިނަމާ-
ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް ހަދަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން "އަހާ ފޯރަމް" ގައި އޮލިމްޕަސް އިތުރަށް ތަރައްގީކުރުމަށް މަސައްކަތްކުރެވޭތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ އޮލިމްޕަސް ހުއްޓުމަކަށް ގެނެސްގެން ހައްލެއް ހޯދުމުގެ ބަދަލުގައި، އާ ސިނަމާއެއް ހެދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެހެންވެ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މަޝްވަރާކޮށްގެން ހުޅުމާލޭގައި ޒަމާނީ ވަސީލަތްތަކާއެކު ސިނަމާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިނަމާއަކީ މުނިފޫހިފިލުވާނެ ވަސީލަތެއް ކަމަށާއި، ސިނަމާއެއްގައި ހަތަރެއް ނޫނީ ހަ ފިލުމު އެއްފަހަރާ އެޅުވޭނެ ފެންވަރު ހުންނަން ޖެހޭ ކަމަށެވެ.

"ސިނަމާއަކީ ވަރަށް ބޮޑަށް މުނިފޫހިފިލުވާ ތަނެއް. އެތަނުން އެކި ފިލްމުތައް ބަލަން ވަދެވޭނެ ގޮތަށް ސިނަމާ ތަރައްގީ ކުރާނީ. ހަތަރެއް ނޫނީ ހަ ވަރަކަށް ސްކްރީން ހުންނާނެ. އެތަނުގައި ގޭމްތައް ހުންނާނެ. ޝޮޕިންގް ކޮމްޕްލެކްސް ހުންނާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެއްފަހަރާ ގިނަ ފިލްމުތަކެއް އެޅުވުމަކީ ޕްރޮޑިއުސަރުން ބޭނުންވާ ކަމެއް ކަމަށާއި، އާ ސިނަމާއެއްގެ ސަބަބުން ގިނަ ފިލުމުތަކެއް އެއްފަހަރާ އަހަރުގެ އެކި ދުވަސްތަކުގައި އެޅުވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު