އެމަޖެންސީގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ދިވެއްސަކު ނިޔާވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ މ. ސައިނޯސަރު، ޢުމުރުން 43 އަހަރުގެ މުހައްމަދު ރަޝީދު ނިޔާވެފައިވާ ކަމަށެވެ.
މުހައްމަދު ރަޝީދު ހޮސްޕިޓަލަށް ގެންދިޔައީ އެ ގޭގެ ކޮޓަރިއަކަށް ވެއްޓިފައި އޮއްވައި ފެނިގެން ކަމަށާއި، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވާއިރު، ފަހަކަށް އައިސް ކުއްލި ޙާލަތްތަކުގައި މަރުވާ މީހުން އިތުރުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު