ފ. މަގޫދޫގައި ތަރައްޤީ ކުރަމުންދާ އެއާޕޯޓަށް ގެއްލުންދީ ހުޅުޖަން މަސައްކަތް ކޮށްފިއެވެ.
ފުލުހުން ބުނީ މަގޫދޫ އެއަރޕޯޓުގައި ތަރައްޤީ ކޮށްފައިވާ އެއަރޕޯޓްގެ ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ޖުލައި 13 ވަނަ ދުވަހުގެރޭ ތަޅާލާފައިވާ މައްސަލަ، މިއަދު 07:47 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެތަނަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު، އިމާރާތުގެ ބިއްލޫރިތައް ތަޅާލުމާއި، އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާކަމަށް ފާހަގަކުރެވިފައި ވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިކަމާ ގުޅިގެން އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ އެއާޕޯޓަށް ގެއްލުންދިން އިރު، ސައިޓުގައި އެމްޓީސީސީގެ ވަސީލަތްތަކާއި މެޝިނަރީ ގިނަ އަދަދަކަށް ހުރި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަގޫދޫ އެއާޕޯޓަކީ 2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މަޝްރޫއެކެވެ. އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ 50 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މަގޫދުގައި ހަދަން ފަށާފައި އޮތް އެއާޕޯޓަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓު ހެދުމަށް 252 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރިއިރު، އެއާޕޯޓް ހަދަން ހަވާލުކުރީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު