ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައަށް އިންސާފު ނުލިބި ދިގުލާތީ، 50 ފަރާތެއްގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)، މަޖިލީހަށް ހުށައެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، އެ ޕެޓިޝަންގެ މައްސަލަ އަކީ ކޭ-ޕާކް ރެސިޑެންސީސް މަޝްރޫޢުއާ ގުޅިގެން ދިގުލައިގެން ގޮސްފައިވާ އަދި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އާއި ގުޅިގެން ހުށަހެޅި ޕެޓިޝަނެއް ކަމަށެވެ.
އެގޮތުން މި ޕެޓިޝަންގައި، ކޭޕާކް މައްސަލައިގައި އެޗްޑީސީން ހައްލެއް ހޯދައިދިނުން ލަސްކުރަމުން ދާތީ އެކަން ތަހުގީގު ކުރުމަށާއި، ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާދާރު ކުރުމަށާއި، ކޭޕާކް ރެޒިޑެންސްގެ ފްލެޓުތައް ލިބުން ލަސްވުމުގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކަށް އަދުލުވެރި އަދި އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައިވެއެވެ.
ހަމައެއާއެކު ކޭޕާކް މައްސަލަ ހައްލުކުރުމަށްޓަކައި އެތެރޭގެ ރިވިއުތަކެއް ހަދާނެ ކަމަށް އެޗްޑީސީން ބުނި ނަމަވެސް މި މައްސަލައަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި، މިކަމުގެ ސަބަބުން މާލީ، ގާނޫނީ އަދި ނަފުސާނީ ގެއްލުންތައް އާއިލާތަކަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް ޕެޓިޝަންގައިވެއެވެ.
“ކޭޕާކްގެ މައްސަލަތަކަކީ އެޗްޑީސީގެ އަމިއްލަ ގޯސްތަކުން ދިމާވެފައިވާ މައްސަލައެކެވެ. މީގެ ތެރޭގައި ހިމެނެނީ ބިން ދޫކުރުމުގައި ހުރި މައްސަލަތަކާއި، ރެގިއުލޭޓަރީ ބެލުން ނެތުމާއި ޒިންމާދާރުކަމެއް ނެތި ތަކުރާރުކޮށް ސުންގަޑި ފަސްކުރަމުން ދިއުމެވެ.” ޕެޓިޝަންގައިވެއެވެ.
މި ޕެޓިޝަން މަޖިލީހަށް ހުށައަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ކޭޕާކް މައްސަލަ ބަލަން ވަނީ ފަށާފައެވެ.
ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ.
ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު