ކޮރަޕްޝަނުގެ އިތުރު މައްސަލައެއްގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އިއްޔެ ބުނީ ލ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސައީދުގެ މައްޗަށް ދައުވާކުރުމަށް އޭސީސީން 13 އޭޕްރީލުގައި އެއޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާގައި ބުނެފައިވަނީ، ފެނަކަ އިން ފިޝަރީޒް މިނިސްޓްރީއާ އެކު މާމެންދޫގައި ފެނަކައިން އައިސްޕްލާންޓެއް އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު، އެރަށުގައި އޭރު ވެސް ކައިޒާން އިންވެސްޓްމަންޓުން ޤާއިމު ކޮށްފައިވާ އައިސްޕްލާންޓެއް 11.2 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށެވެ.
އަދި އައިސްޕްލާންޓް ގަތުމަށް ނިންމީ ފެނަކައިން އިންހައުސްކޮށް އައިސްޕްލާންޓެއް އެޅުމުގެ މަސައްކަތުގައި އުޅޭކަން ބޯޑުގެ ބައްދަލުވުމުގައި ސާފުކޮށްނުދީ ކަމަށާއި، އެ ގޮތަށް ނިންމީ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ރައުޔެއް ހޯދުމަކާ ނުލައި، އަދި އެއީ ފެނަކައިގެ ބިޒްނަސް ޕްލޭންތަކުގައި ވެސް މާލީ ގޮތުން ގެއްލުން ބޮޑު މަޝްރޫއުއެއްކަން ބަޔާންކޮށްފައިވަނިކޮށް ކަމަށް މައްސަލާގައިވެއެވެ.
މި މައްސަލާގައި ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅީ 20 މެއި ގައެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ކޮރަފްޝަންގެ މައްސަލައެއްގައި ސަޢީދަށް ދަޢުވާ ކޮށްފައިވާއިރު، މަސައްކަތެއް ނިންމިކަން ކަށަވަރުކުރުމެއް ނެތި ކުންފުންޏަކަށް ފައިސާ ދޫކުރި މައްސަލައެއްގައި ވެސް އޭނާގެ މައްޗަށް ވަނީ ދަޢުވާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު