މާލެ ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ އޯޝަން އެކްސްޕްރެސް ބޯޓަށް ވަރަށް ބޮޑަށް ދިޔަވެ އަޑިއަށް ދާން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގިނަ އަދަދެއްގެ މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް އެ ބޯޓަށް ދިޔަވާން ފެށީ ވ. އަތޮޅު ކައިރީ އޮއްވައެވެ.
އެ ބޯޓުގައި ހުރި މީހަކު މިރޭ 7:34 ހާއިރު ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، ބޯޓުގައި ފަޅުވެރިންނާއެކު 12 ވަރަކަށް މީހުން ދަތުރުކުރަމުން ދާކަމަށާއި ބޯޓަށް ދަނީ ވަރަށް ބޮޑަށް ދިޔަވަމުންކަމަށެވެ. އޭނާ ބުނެފައިވަނީ ގިނަ އަދަދެއްގެ ލަކުޑިއާއި އެ ނޫން ވެސް މުދާ އޭގައި ހުރިއިރު ބޯޓުގެ ފަހަތުކޮޅުގައިހުރި ގިނަ މުދާ ހުރީ ފެނު އަޑީގައި ކަމަށެވެ.
ބޯޓަށް ދިޔަވާކަމުގެ ރިޕޯޓު ކުރުމުން އެމްއެންޑީއެފުން މިހާރުދަނީ ބޯޓަށް އެހީވުމަށް ބޯޓު އޮތް ދިމާއަށް ދަތުރު ކުރަމުންކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. މި ދުވަސްވަރަކީ މޫސުން ރީތިކޮށް އޮތުމަށްފަހު ކުއްލިގޮތަކަށް ވިލާގަނޑުނަގައި ބާރުވަޔާއެކު ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން މިހާރުވެސް މުޅިރާއްޖެއަށް އޮތީ ވައިޓް އެލަރޓް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު