ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގައި ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑިތައް ހާސިލް ކުރެވިފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވީ، މަޤާމާއި އޭނާ ހަވާލުވެވަޑައިގަތީ ރައީސް މުޢިއްޒުގެ އެދިވަޑައިގަތުމަކަށްކަމަށެވެ. މައުރޫފް ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގަތީ ގިނަ ދުވަހު ހުންނަވަން ބޭނުންފުޅުވެގެން ނޫން ކަމަށެވެ. 24 އަހަރަށް ފަހު މަގާމާއި ހަވާލުވެވަޑައިގެންނެވީ އެޗްޑީސީ އަށް އިސްލާހީ ބަދަލުތަކެއް ގެންނަވަން ބޭނުންފުޅުވާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ރައީސް މުޢިއްޒު އޭނާ އަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވައި ގާތްކަން ބެހެއްޓެވި ކަމަށެވެ. އެޗްޑީސީ އަށް ބޭނުންވާ ކަންކަމުގައި ރައީސްގެ ފަރާތްޕުޅުން ހުރިހާ އެއްބާރުލެއްވުމެއް ލިބިވަޑައިގެންނެވި ކަމަށާއި އެއްވެސް ކަމަކަށް ނޫނޭކޭ އެމަނިކުފާނު ވިދާޅުނުވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
"މަގާމާއި ހަވާލުވިއިރު ވެސް އެނގޭ ވަރަށް ބުރަވާނެ ކަން ވެސް އެހާ ގިނަ ދުވަހު ހުރުމުގެ އިންޓެންޝަނެއް ވެސް ނެތް، އެކަމަކު ކިތަންމެ ކުރު ނަމަވެސް މިކަމުގައި އުޅެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އެކްސްޕެކްޓް ކުރީ އެޗްޑީސީއަށް ނިކުމެ ބެލިއިރު ވަރަށް ބައިވަރު ޗެލެންޖަސްތައް ހުރި ވަރަށް ބުރަ މަސައްކަތަކަށް ވީވެސް." މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ އޭނާ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެޗްޑީސީއަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވީ ހުޅުމާލޭގެ މާސްޓަރޕްލޭނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްކަމަށް މައުރޫފް ވިދާޅުވިއެވެ. އޭގެ އިތުރުން ދެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އެ ދެ ލަނޑުދަނޑިވެސް ހާސިލްވިކަމަށް މައުރޫފް ވިދާޅުވިއެެވެ.
މި ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވަނީ މަޤާމުން ރިޓަޔަރ ކުރެއްވިނަމަވެސް، ކުންފުނީގެ އެކި ކަންކަމުގައި ލަފާ ދިނުމުގެ ދައުރެއް އަދާކުރައްވަން ބޭނުންފުޅުވާކަން ހާމަ ކުރަށްވާފައެވެ. އަދި އެގޮތަށް ކަންކަން ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ތަރައްޤީގައި އެންމެ އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުޙައްމަދު މައުރޫފް ޖަމީލު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ގާތްގަނޑަކަށް 6 މަސް ދުވަހު މަޤާމުގައި ހުންނެވުމަށްފަހު އޭނާ މިހާރު ވަނީ ރިޓަޔާ ކުރައްވަން ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު