މިނިސްޓަރ ޝަހީމް
މިނިސްޓަރ ޝަހީމް
މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދަރަނީގެ ޝިކާރައަށް ވަށްޓާލާފައި އޮތް ދައުލަތް ސަލާމަތުގެ އައްސޭރިއަށް ވާސިލްކޮށްދިނުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އެޗްޑީސީގެ އެމްޑީ މަގާމުން ރިޓަޔާ ވާން ނިންމުމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

އިމްރާންގެ ޕޯސްޓުގައި ވިދާޅުވީ މައުރޫފު ރިޓަޔާ ވާން ނިންމުމާ ގުޅިގެން އަންގައިދޭ އެންމެ ބޮޑު އެއްކަމަކީ މި ސަރުކާރުގެ މުސްތަގުބަލާމެދު ހެޔޮ އުންމީދެއް ކުރާނެ ފުރުސަތު ކުޑަކަން ކަމަށެވެ. އަދި ފަސް ބައި ސާފު ގާބިލު މީހަކަށް މި ސަރުކާރުގެ އިސް މަގާމެއްގައި ހިފާއްޓާލުން ވަރަށް ދަތިވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މި ޕޯސްޓަށް ރައްދު ދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ މި ދައުލަތް ދަރަނިން ސަލާމަތް ކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

އަދި އެތައް ބިލިއަން ރުފިޔާއަށް ދަރާފައި އޮތް ދައުލަތުގެ ދަރަނި މިހާރު ދައްކަމުންދާ ކަމަށާއި، އެއާޕޯޓުގެ މަސައްކަތްތައްވެސް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މީހުން ރިޓަޔާ ކުރުމަކީ ސިޔާސީ ކަމެއް ނޫންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު