ވިލުފުށީގައި ހިނގި އަލިފާނުގެ ޙާދިސާ
ވިލުފުށީގައި ހިނގި އަލިފާނުގެ ޙާދިސާ
ތ. ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ، ދެ މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 09:41ގަައި ކަމަށެވެ. މި ޙާދިސާގެ ބައެއް މަންޒަރުތައް އެމްއެންޑީއެފުން ވަނީ މީސްމީޑިއާގައި ޙިއްސާ ކޮށްފައެވެ.

މި ޙާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔާ ކޮމްޕޯނަންޓްގެ ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރި ވެފައިވާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ ތެޔޮ އުފުލަން ބޭނުންކުރާ ދެ ދޯނީގައެވެ. އަލިފާން ރޯވިއިރު ދެ ދޯންޏަށް ވަނީ ތެޔޮ ބަރުކޮށްފައެވެ.



މި ހާދިސާގައި ދެ ދޯނީގެ ވެރިފަރާތާއި އޭނާގެ ދަށުން މަސައްކަތް ކުރާ ބިދޭސީ މީހާ ފިހިފައިވާއިރު އެ ދެ މީހުންނަށް ފަރުވާދެމުން އަންނަނީ ވިލުފުށީ ސިއްހީ މަރުކަޒުގައެވެ.

ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ އިތުރު ތަފުސީލު މިހާތަނަށް ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު