ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމައަށް ތާވަލު ކޮށްފިއެވެ.
20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލީ ފާއިތުވި މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ފުރަތަމަ ދައުރުގައި، މަޖިލީހަށް ހުށަހެޅުނު މައްސަލަތަކުގެ 77 އިންސައްތަ ނިންމާފައިވާކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ފުރަތަމަ ދައުރުގައި 9 ބިލު ފާސްކޮށްފައިވާއިރު، އޭގެ ތެރޭގައި އިމިގްރޭޝަންގެ ޤާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތަކާއި ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނުތަކަށް ގެނައި މުހިންމު އިސްލާހުތައް ހިމެނެއެވެ.
މާދަމާގެ މަޖިލީހުގެ ދެވަނަ ދައުރު ފަށާއިރު، މާދަމާގެ ޖަލްސާގައި 5 ކަމެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކޮށްފައެވެ. އެގޮތުން ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީއަށް ފޮނުވުމަށް ވަނީ ތާވަލްކޮށްފައެވެ.
އަދި ނޭޕާލް، ޔޫކްރެއިން އަދި އަޔަލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުންގެ ނަންތައް ދިރާސާ ކުރުމަށް ފޮނުވުމަށްވެސް ވަނީ ތާވަލްކޮށްފައެވެ.
މީގެ އިތުރުން ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޟީލް ހުށަހަޅުއްވާފައިވާ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ބިލުގެ އިބްތިދާޢީ ބަހުސްވެސް މާދަމާގެ ޖަލްސާގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު