ށ. ފީވަކުގައި އޭޓީއެމް ބެހެއްޓުމަށް ބޭއްވި ރަސްމިއްޔާތު
ށ. ފީވަކުގައި އޭޓީއެމް ބެހެއްޓުމަށް ބޭއްވި ރަސްމިއްޔާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދެ ދުވަހުގެ ތެރޭގައި ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

އޭ.ޓީ.އެމްގެ ޚިދުމަތް ފެށުމަށް އިއްޔެ އާއި މިއަދު ށ. އަތޮޅުގެ ރަށްރަށުގައި ބާއްވަމުންދާ ރަސްމިޔާތުތައް ޝަރަފްވެރިކޮށްދެއްވަމުން ގެންދަވަނީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.

ށ. އަތޮޅުގެ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައި ދެއްވުމުގެ ގޮތުން، އޭޓީއެމްއިން ފައިސާ ނެންގެވުމަށްފަހު ވަޒީރު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި ރަމްޒީ ކާޑެއް ހަވާލުކޮށްދެއްވާފައެވެ.

ށ. އަތޮޅުގެ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މި ބުރުގައި 10 ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ. އެއާއެކު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އޭޓީއެމްގެ ޚިދުމަތް ލިބިގެން ދާނެއެވެ.

ދެ ދުވަހުގެ ތެރޭގައި ށ. އަތޮޅުގެ 10 ރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، ށ. އަތޮޅުގެ ބިލެއްފައްސާއި، ފޭދޫ އާއި ނޫމަރާ އާއި ގޮއިދޫ އާއި ކަނޑިތީމްގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ އިއްޔެ އެވެ. އަދި މިއަދު އެ އަތޮޅު ޅައިމަގާއި، ފީވަކާއި، ފޯކައިދޫ އާއި ނަރުދޫ އާއި މަރޮށީގައި ވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅާއި، ކ. އަތޮޅާއި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމް ޚިދުމަތް ދޭން ފަށާފައެވެ.

އޭޓީއެމްގެ ޚިދުމަތް ފެށުމަށް ށ. އަތޮޅުގައި ބާއްވަމުންދާ ރަސްމީއްޔާތުތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، ރަށްރަށުގެ ކައުންސިލުގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ



ކިޔުންތެރިންގެ ހިޔާލު