ލަންކާގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ހޮސްޕިޓަލެއް
ލަންކާގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ހޮސްޕިޓަލެއް
ކޯވިޑް-19 އާއި ގުޅިގެން އަވަށްޓެރި ސްރީލަންކާގައި ކަރަންޓީނު ކުރުމުގެ މުއްދަތު 2 ހަފުތާއިން 4 ހަފުތާއަށް އިތުރުކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރުމާއި ގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިރުޝާދުގައިވާ 2 ހަފުތާގެ ކަރަންޓީނުގެ މުއްދަތު 4 ހަފުތާއަށް ބަދަލުކުރުމަށް ސްރީލަންކާއިން ނިންމާފައިވަނީ ދެކުނު ކޮރެއާއަށް ދަތުރުކުރުމަށްފަހު އެނބުރި ގައުމަށް އައި 34 އަހަރުގެ ފިރިހެނަކު، އޭނާގެ 2 ހަފްތާގެ އައިސޮލޭޝަން ނިންމުމަށްފަހު އޭގެ ހަފުތާއެއްގެ ފަހުން ޓެސްޓުކުރިއިރު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީއެވެ.

ލަންކާގެ ގިނަ ކަރަންޓީނު މަރުކަޒުތަކެއް ހިންގާ ސިފައިންގެ ޗީފް ޝަވެންދްރަ ސިލްވާ ވިދާޅުވީ އެކަހެރި ކުރާންޖެހޭ ފަރާތްތައް މިހާރު އިތުރު ދެ ހަފުތާގައި ކަރަންޓީނުގައި މަޑުކުރަން ޖެހޭނެ ކަމަށެވެ. އަލަށް އިއުލާނުކޮށްފައިވާ މި އުސޫލާ އެއްގޮތަށް ކަރަންޓީނުކުރާ ފަރާތްތަކުން އަމަލުކުރޭތޯ ޔަގީންކުރުމަށް ލަންކާގެ ޞިއްޙީ އިދާރާތަކަށްވެސް ވަނީ އިރުޝާދުދީފައެވެ.

އަވަހަށް ބަލި ކޮންޓްރޯލްކުރުމަށް އެދޭނަމަ ޓެސްޓުކުރުން އިތުރުކުރުމަށް ސްރީލަންކާގެ ޑޮކްޓަރުން ދަނީ ސަރުކާރަށް ލަފާދެމުންނެވެ.

ސްރީލަންކާއިން ކޯވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވް މީހަކު ފެނިފައި ވަނީ މާރޗް މަހުގެ 11 ވަނަ ދުވަހުއެވެ. މިހާތަނަށް 178 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 5 މީހަކު ވަނީ މަރުވެފައެވެ. ސްރީލަނކާގައި މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުގެ ޖުމްލަ އަދަދަކީ 3,248 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން