ޖަކާޓާގައި 190،000 އަށްވުރެ ގިނަ މީހުން ބައްޔަ ޕޮޒިޓިވްވެ، އިއްޔެއާ ހަމައަށް 7،940 މީހުން ބަލީގައި މަރުވެފައިވާކަމަށް ދަ ސްޓަރ ނިއުސްއިން ބުނެފިއެވެ.
ކޮވިޑް-19 ގެ ވައިރަސް އިންޑޮނޭޝިޔާގެ 34 ޕްރޮވިންސްއަކަށް ފެތުރިފައިވާއިރު އެންމެ ގިނަމީހުން ޕޮޒިޓިވް ވެފައިވަނީ ޖަކާޓާގެ ޕްރޮވިންސްތަކުންނެވެ.
މިބަލީގައި މަރުވާ މީހުން ގިނަވެ ޖަކާޓާގެ އިރުމަތީ ސަރަހައްދުގެ ސަހަރާ އެއްކަމަށްވާ ޕޮންޑޮކް ރަންގޮން ސަހަރާ ފުރެމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސަހަރާ ބަލަހައްޓަމުންދާ އޮފިސަރ ނާދީ ބުނާގޮތުންނަމަ، މިހާރު އެސަހަރާގައި މީހުން ވަޅުލެވެން އޮތީ އެންމެ 1100 ޖާގައެވެ.
ޖަކާޓާގައި ބަލިފެތުރެމުންދާ ނިސްބަތާއި، މިބަލީގައި މަރުވާ މީހުންގެ ނިސްބަތަށް ބެލިނަމަވެސް، އޮކްޓޯބަރު މަހު އެ ސަހަރާގައި ވަޅުލެވޭނީ ހަމައެކަނި 400 އެއްހާ މީހުން ކަަމަށް އޮފިސަރ ނާދީ އާ ހަވާލާދީ ދަ ސްޓަރ ނިއުސްގައި ހާމަކޮށްފައިވެއެވެ.
މިހާތަނަށް އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 27 ވަރަކަށް މީހުން ވަޅުލަމުންދާ މިސަހަރާއިން، 36 މީހުންނާއެކު، އޮގަސްޓުމަހު 31 ވަނަ ދުވަހަކީ މިއަހަރުގެ މާރޗް މަހުން ފެށިގެން އެންމެ ގިނަމީހުން އެއްދުވަހެއްގައި ވަޅުލެވުނު ދުވަސް ކަމަށްވެސް އޮފިސަރު ބުނެފައިވެއެވެ.
ކޯވިޑްގައި މަރުވާ މީހުން ވަޅުލެވޭ ޕޮންޑޮކް ރަންގޮން ސަހަރާ އަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ މަރުވާމީހުން ވަޅުލަން ހަމަޖެހިފައިވާ ސަހަރާއެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު