އެެހެން ވެކްސިންތަކާ އަޅާ ބަލާއިރު ރަޝިޔާގެ ވެކްސިން ރައްކާތެރިވެފައި ފައިދާ ބޮޑު ކަމަށް ދިރާސާތަކުން ދައްކާ ކަމުގައި އިނގިރޭސި ވިލާތު ގެ މެޑިކަލް ޖާނަލް އެއް ކަމަށްވާ ދަ ލަނީޓުން ބުނެފިވެއެވެ.
ރަޝިޔާގެ ސިއްހީ މާހިރުންގެ ދިރާސާގެ މައްޗަށް ބިނާކޮށް ދަ ލަނީޓުގައި ޝާއިއު ކޮށްފައިވާ މި ލިއުމުގައި ރަޝިޔާގެ ވެކްސިން އަކީ ރައްކާތެރި ވެކްސިންއެއް ކަމާއި، ވެކްސިން ގެ އަޖުމަ ބެލުމަށް ކުރެވުނު ތަހުލީލުތަކުން ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކޮށްދޭކަމަށްވެސް ހާމަވާކަމަށް ވެއެވެ.
އެމެރިކާ އަދި ޔޫރަޕުގެ ގައުމުތަކުން ރަޝިޔާގެ ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދައި ފާޑުކިޔަފަައިވީ ނަމަވެސް، ރަޝިޔާގެ ވެކްސިން އަކީ ރައްކާތެރި ވެކްސިނެއް ކަމަށް މިހާތަނަށް ކުރެވުނު ތަހުލީލުތަކުން ދައްކާކަމަށާއި ރަޝިޔާގެ ވެކްސިންގެ ބޭނުމަކީ ގިނަބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނުންކަމަށް ރަޝިޔާގެ ވެކްސިން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ވިޔަފާރިވެރިއެއް ކަމަށްވާ ކިރިލް ޑިމިޓްރީވް އާ ހަވާލާދީ އަރަބް ނިއުސްގައި ހާމަކޮށްފައިވެއެވެ. ަ
ރަޝިޔާގެ އިތުރުން ސައޫދީ އަރަބިއްޔާގަވެސް މިވެކްސިންގެ އަޖުމަބެލުމުގެ ތަހުލީލުތައް ކުރުމަށް ވަރަށް އަވަހަށް ފަށާނެ ކަމަށާ އަދި މިއަންނަ ހަފުތާގައި މިވެކްސިން ދުނިޔެއަށް ފޯރުކޮށްދިނުމުގައި ބައިވެރިވާނެ ފަރާތްތައް އާންމު ކުރާނެ ކަމަށް ކިރިލް ޑިމިޓްރީވް ވިދާޅުވެފައިވެއެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު