އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   3 ސެޕްޓެމްބަރު 2020 - 2:18
މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އާއި އަންހެނުން ޗެރީ ސިބޯރން އަށް އަލަތު ދަރިއެއް ލިބުނުކަން އިޢުލާންކޮށްފިއެވެ.

އެދެމަފިރިންގެ ދަރި، ލައިރާ އެންޓާރޓިކާ ސިބޯރން ޝީރަން އުފަންވީ މިދިޔަ ހަފްތާގައެވެ. ނަމަވެސް ޝީރަން އެކަން މީސް މީޑިޔާގައި ހާމަ ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ޝީރަން އިންސްޓަރގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ސިބޯރންއާއި ދަރިފުޅުގެ ހާލު ރަނގަޅުކަމަށާއި، އަދި އަލަތު ދަރިފުޅާއެކު އެ ދެމަފިރިންނަށް ލިބިފައިވާ އުފާވެރިކަން ބުނެދޭންވެސް ނޭންގޭ ކަމަށެވެ. އަދި އެމީހުންގެ ޕްރައިވެސީއަށް އިޙްތިރާމް ކުރާނެ ކަމަށް އުއްމީދު ކުރާކަމަށްވެސް ޝީރަންވަނީ ބުނެފައެވެ.

ޝީރަން އާއި ސިބޯރން އެންމެ ފުރަތަމަ ދިމާވެފައިވަނީ ސިބޯރންގެ އުމުރުން 11 އަހަރުގައި ސުކޫލުންނެވެ. އޭގެ ފަހުން ގުޅުން ކެނޑިފައިވުމަށްފަހު އަލުން ދެމީހުން ދިމާވެފައިވަނީ 2015 ވަނަ އަހަރުގައެވެ. އޭގެފަހުން ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2017ގައި ޝީރަންވަނީ އޭނާގެ ލޯބިވެރިޔާއަށް ކައިވެނި ކުރުމަށް ހުށައަޅާފައެވެ. އަދި އެދެމީހުން ކައިވެނި ކޮށްފައިވަނީ 2019ވަނަ އަހަރުއެވެ.



އެޑް ޝީރަން އާއި ސީބޯރން ވަނީ އެދެމީހުން އެއްކޮށް ފެންނަ ފުރަތަމަ މިއުޒިކް ވީޑިއޯ މިދިޔައަހަރު ޢާއްމުންނަށް ދޫކޮށްލާފައެވެ. އެއީ ޝީރަންގެ "ޕުޓް އިޓް އޯލް އޮން މީ" ލަވަޔަށް އެމީހުން ތައްޔާރުކުރި ވީޑިއޯ އެކެވެ. ޝީރަން އެންމެ ފަހުން ނެރުނު އަލްބަމް "ނަމްބަރ 6 ކޮލަބޮރޭޝަންސް" އަކީ 2019 ވަނަ އަހަރު ދެވަނަ އަށް އެންމެ ބާރަށް ވިކުނު އަލްބަމް ކަމަށް އޮފިޝަލް ޔޫކޭ ޗާޓްސް އިން ވަނީ ހާމަކޮށްފައެވެ.



އެޑް ޝީރަންއަށް ދަރިއެއް ލިބިފައި ވާއިރު އަދި މިހާތަނަށް ދަރިފުޅުގެ ފޮޓޯއެއް އާންމު ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން