ރަށްރަށުގެ ކައުންސިލްތަކުން ޓޫރިޒަމްގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގެ މަސައްކަތްތައް ކުރުމަށް އިންޓްރެސްޓް ކުޑަ ލޯނެއް ދޫކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. ފިއްލަދޫ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުން ޓޫރިޒަމްގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގެ މަސައްކަތްތައް ކުރުމަށް އިންޓްރެސްޓް ކުޑަ ލޯނެއް ދޫކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މަޝްވަރާތަކެއް ކޮށް، ކޮމާޝަލް ބޭނުންތަކަށް މިހާރު ދޫކުރާވަރަށްވުރެ ތިން ޕަސެންޓް އިންޓްރެސްޓް ރޭޓު ކުޑަކޮށް އެ ލޯނު ސްކީމު ތައާރަފް ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އާންމުކޮށް ކޮމާޝަލް ޕްރޮޖެކްޓްސްތަކަށް ލޯނު ދޫކުރާވަރަށްވުރެ އިންޓްރެސްޓް ރޭޓް ކުޑަކޮށް، ފިނޭންސް މިނިސްޓަރު އަޅުގަނޑަށް ދެންނެވީ މިހާރު ދޫކުރާ ވަރަށްވުރެ ތިން ޕަސެންޓް ކުޑަވާނެ ކަމަށް، އިންޓްރެސްޓް ރޭޓް ކުޑަކޮށް ދޫކުރާ ލޯނުތަކެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދޫކުރުމުގެ ކަންތައް މިހާރު ނިމުމަކާ ހަމައަށް ގޮސްފަވާ ވާހަކަ ދަންނަވަން، އޭރުން އިރާދަކުރެއްވިއްޔާ އެބިންތަށް ހެދިގެން ޓޫރިޒަމަށް ތަރައްޤީ ކުރުމުގެ ފުރުސަތު ލިބޭނެ،" ރައީސް މުޢިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ޓުއަރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތައް ހެދޭނެ ގޮތް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ސަރުކާރުން ދޫކުރާ ކޮމާޝަލް ލޯނު ސްކީމުގެ ދަށުން އެގޮތަށް ދޫކޮށްފައިވާ ބިންތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ނާގޯށީގައި ރިސޯޓު ތަރައްގީކުރަން ސަރުކާރުން އެމްޓީޑީސީއާ ހަވާލުކޮށްފައިވާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި އެތަނުގައި ރިސޯޓެއް ތަރައްގީވެގެން ދިއުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ފައިދާ ކުރާނެ މުހިއްމު މަޝްރޫއެއް ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހއ. ނާގޯށީގައި ތަރައްގީކުރަން މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފައިވާ ރިސޯޓު ހުޅުވުމަށްޓަކައި ސަރުކާރުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީ، އެ ރިސޯޓު ވަރަަށް އަވަހަށް ހުޅުއްވައިދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު