ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް މިއަދު މަގާމުން ވަކި ކުރެއްވި އިބްރާހިމް ފައިސަލް، މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވީ އިހުލާސްތެރިކަމާއެކުގައި ކަމަށާއި އެކަމަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ފައިސަލްގެ ބައްޕަ، އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކި ކުރެއްވިފަހުން އެކްސްގައި ކުރެއްވި ޕޯސްޓުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ނަތީޖާ ނެރެދެއްވައި ފަތުރުވެރިކަމުގެ ދާއިރާގެ އިތުބާރާއި ލޯބި ހޯދި ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު އިބްރާހިމް ފައިސަލްއަށްޓަކައި އަޅުގަނޑާ އަޅުގަނޑުގެ އާއިލާ ފަހުރުވެރިވަން، ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ހިދުމަތް ކުރީ އިހުލާސްތެރިކަމާއެކު، ނަތީޖާ ނެރެދެއްވި، ދާއިރާގެ އިތުބާރާއި ލޯބި ހޯދި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމްގެ ޕޯސްޓުގައި ވަނީ ފައިސަލަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރުކުރައްވައި އުޖާލާ މާދަމާއެއް ދެއްކެވުން އެދި ދުއާ ކުރައްވާފައެވެ.
ކުއްލި ގޮތަކަށް މިއަދު ހެނދުނު ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މަގާމުން ވަކިކޮށްފައިވާއިރު އޭނާ މަގާމުން ވަކިކުރި ސަބަބާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ފައިސަލް މަގާމުން ވަކިކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީ ހިންގުން ރައީސް މުޢިއްޒު ވަނީ އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އާއި ހަވާލު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު