ހުއްޓިފައި ހުރި މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތަކަށް މިއަހަރު ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުރައިދޫގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަމަލީ ތަރައްޤީ ރައްޔިތުންނަށް މިއަހަރު ފެނިގެންދާނެ ކަމަށެވެ. އެގޮތުން މިއަހަރާއި އަންނަ އަހަރު ވަރަށް ބާރު ސްޕީޑުގައި ތަރައްގީގެ މަޝްރޫއުތައް ހިނގައިގަންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ހުއްޓިފައި ހުރި މަޝްރޫއުތައް މިހާރު ވެސް ފެށިގެން ކުރިއަށްދާކަމަށެވެ.
"މިއަހަރުގެ ބަޖެޓު އިއުލާނުކުރިއިރު އަޅުގަނޑު ދެންނެވިފަދައިން، ތަކުރާރުކޮށް އެކި ބައްދަލުވުންތަކުގައި ދެންނެވި ފަދައިން، މިއަހަރަކީ ތަރައްގީގެ އަމަލީ މަސައްކަތްތައް ރަށްރަށުގައި ފެށިގެންދާނެ އަހަރެއް. އެކަން މިމަހުގެ ތެރޭގައި، މި ޖެނުވަރީ މަހުގެ ތެރޭގައި ވެސް އެކި ރަށްރަށުގައި ވަނީ ފެންނަން ފަށާފައި. ހުއްޓިފަ ހުރި މަޝްރޫއުއަށް ފެށިގެން އެދަނީ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ބަޖެޓް ނެތި އަދި ޕްލޭނެއް ވެސް ނެތި އެމަނިކުފާނު ވައުދުތައް ވެޑައިގަންނަވަމުން ގެންދަވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް މިހުރިހާ ކަމަކީ ވެސް ވަރަށް ރަގަޅަށް ޕްލޭން ކުރެވިގެން ކުރައްވާ ކަންކަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ރަށްރަށުގެ ތަރައްޤީ އަށް ބޭނުންވެފައި ހުރި ކަންތައްތައް ކުރިއަށް އޮތް ހަފުތާ ތަކުގައި، މަސްތަކުގައި ފެށިގެން ތަރުތީބެއްގެ ތެރެއިން ހިނގަމުންދާނެ، އެކަންކަމުގައި ރައްޔިތުންނަށް ޔަގީންކަން ދިނުމާއި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް މިކަންކަމުގައި އަޅުގަނޑު ރައްޔިތުންގެ ގާތުގައި ވަގުތު މި ހޭދަކުރަނީ،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު