ސަރުކާރުން ކަންކަން ޢިއުލާންކުރަނީ ކުއްލިއަކަށް އެއްވެސް ކަމެއް ނުބައްލަވައި ނޫންކަމަށާއި، އޭގެ ބަދަލުގައި ކަންކަން ޢިއުލާންކުރައްވަނީ އެ ކަންކަން ރާވަ އެކަންކަން ކުރުމަށް މަޝްވަރާކުރުމަށްފަހު، އެކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މުރައިދޫ ސުކޫލުގައި ކުރިއަށްދިޔަ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ވަރަށް ސާފުކޮށް ސަރުކާރުން ކުރާނެ ކަންކަން ތަރުތީބުކުރެވިގެންދާނެ ގޮތް އަބަދުވެސް ހާމަކުރަމުންދާކަމަށެވެ. އަދި ސަރުކާރުގެ ދުރުރާސްތާ ޕްލޭންއާއި މެދުރާސްތާގެ ޕްލޭންގެ އިތުރުން ކަންކަން ކުރުމުގައި އިސްކަންދެއްވާ ތަރުތީބުވެސް ޢިއުލާންކުރައްވަމުންދާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާ ގޮތަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުން ފިލުވައިގެން އެންމެ އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަންދީގެން ރައްޔިތުންނަށް އެ ދަތިވާކަންކަން ޙައްލުތައް ގެނެސްދިނުމަށް" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު މަޝްވަރާކޮށް ރަށްރަށުގައި ނުފެށި ހުރި އަދި ހުއްޓިފައިހުރި މަޝްރޫޢޫތައް ހިންގޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. އަދި އެކަންކަން ކާމިޔާބުވާކަމުގައި ފާހަގަކުރައްވައި ދެން ފެނިގެންދާނީ ބަޖެޓުގައި ހުރި ފުރުޞަތުތަކުގެ ތެރެއިން ހުއްޓިފައި ހުރި ނުހިނގާހުރި ކަންކަން އަދި ސަރުކާރުން އަލަށް ކުރުމަށް ވަޢުދުވެފައިވާ ކަންކަން ހިގައިގަންނަ މަންޒަރުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުރައިދޫގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުރައިދޫއަށް އެންމެ މުހިންމީ ބަނދަރުގެ މަޝްރޫޢުކަމަށެވެ. އެހެންކަމުން ބޭރުތޮށީގެ މައްސަލަ ހައްލުކުރުމަށްފަހު މަގު ހެދުމަށް ވީ ވަޢުދު މި ދައުރުތެރޭގައި ފުއްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށުގެ އާބާދީއަށް އެކަށިގެންވާވަރަށް ހަމަހަމަ ގޮތެއްގައި ޞިއްޙީ ޙިދުމަތް ކޮންމެ ރައްޔިތަކަށްވެސް ލިބުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ފާހަގަކުރައްވާ އެކަންވެސް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ސްކޫލަށް ބޭނުންވަނެ ކަންކަންވެސް ތަރުތީބުކުރެވިގެން ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ދުޅަހެޔޮ ޞިއްޙަތަކަށް އަދި ކުޅިވަރުގެ ދާއިރާވެސް މުރައިދޫގައި ކުރިއެރުވުމަށް ރާވާއިގެން ސަމާލުކަންދޭ ތަރުތީބުން ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ވަނީ މުރައިދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތާއި އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް އިން މުރައިދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ހަވާލުކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު