އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ކަނދުފަތި ރާއްޖޭގައި ގާއިމްކުރުމަށް އދ ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ އެހީއާއެކު މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި މިރޭ ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ކަނދުފަތި ގާއިމްކުރުމަށް
ރާއްޖޭގެ ކޮންސަލްޓެންޓުން ވެސް ހިމެނޭ ގޮތަށް އދ ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ އެހީއާއެކު މިހާރު ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ ޒަމާނާ އެކީ އީޖާދު ކުރެވޭ ބައެއްކަހަލަ ވަސީލަތްތަކާއެކު ބައެއް ގައުމުތަކުގައި އަޅާފައި ހުންނަ ކަނދުފަތިތަކުން ދުރުގައި ތިބެ އެ ސަރަހައްދުގައި މަސް އުޅޭކަން ދެނެގަނެވޭ ކަމަށާއި، އުޅޭ މަހުގެ ސައިޒުވެސް ދެނެގަނެވޭ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ އެފަދަ ކަނދުފަތި ބޭނުންކުރުމުގެ އަމާޒުގައި ކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެ ޓެކްނޮލޮޖީ ގެނައުމަށް އެފްއޭއޯގެ އެހީތެރިކަމާ އެކު މަސައްކަތް ކުރަމުންދާކަމަށެވެ.
މި ބަދަލާއެކު މަސްވެރީންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މިހާރު ކަނދުފައްޗެއް ދޮށަށް ދިއުމަށް މަސްވެރިން އެތައް ލީޓަރެއްގެ ތެލެއް އަންދަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ދުރުގައި ތިބެގެން، ކަނދުފަތި ކައިރީ މަސް އުޅޭތޯ ބެލޭނަމަ ތެލަށް ކުރާ ހޭދަވެސް ވަރަށް ބޮޑަށް ކުޑަކުރެވި މަސްވެރިންނަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު