އިބްރާހިމް ފަހީމް   27 ޖެނުއަރީ 2025 - 22:5
ކުޅުދުއްފުށީ ސިޓީގައި ދުއްވި ޕިކަޕެއް އެއަރޕޯޓު ފެންސްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މިއަދު ބުނީ، ކުޅުދުއްފުށީ ސިޓީގައި ބާރު ސްޕީޑުގައި ދުއްވި ޕިކަޕެއް ފެންސެއްގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި މިހާތަނަށް ބެލިބެލުމުން އެ ޕިކަޕް ދުއްވީ ކުޑަކުއްޖެެއްކަން އެނގިފައިވާކަމަށާ އެހެންކަމުން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެެވެ.

ވީޑިއޯއިން ފެންނަގޮތުގައި ޕިކަޕްގޮސް އެއަރޕޯޓު ފެންސްގައި ޖެހުމުން ކޮންޓްރޯލްވެއެވެ. އެހެންކަމުން އޭގައި ތިބި މީހުނަށް މާބޮޑު ގެއްލުމެއް ވީކަމަކަށް ވީޑިއޯއަކުން ނުފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު