އަމިއްލަ ފަރާތަކުން ގއ. ނިލަންދު އާއި ދާންދު އަށް ހަދިޔާކުރި 1،070 ބަސްތާ ކާޑު ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރަށް އަރާފައި ވަނީ "ލިއޯ ވިންގް" ނަމަކަށް ކިޔާ ދޯންޏެކެވެ. މިއަދުގެ ވަގުތެއްގައި ފަރަށް އެރި މި ދޯނީގައި ތިން ބާވަތުގެ ކާޑު ހިމެނެއެވެ. ފަރަށް އެރުމުގެ ސަބަބުން ބޯޓުން ގެންދިޔަ ގިނަ އަދަދެއްގެ ކާޑު ވަނީ ކަނޑަށް އެޅިފައެވެ.

މި ތަކެއްޗަކީ ލިއޯ ޓްރޭޑިންގް ގެ ޗެއާމަން އަބްދުﷲ ސަވާދު، ރޯދަ ހަދިޔާގެ ގޮތުގައި ނިލަންދު އާއި ދާންދު އަށް ފޮނުވި ކާޑެވެ.

ފަރަށް އެރި "ލިއޯ ވިންގް" ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު