ވެރިރަށް މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ބޮޑުވި ފެންގަނޑު ހިންދަން ސިފައިން ނުކުމެއްޖެ އެވެ.
ސިފައިން ބުނީ މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް މިރޭ 9 ޖެހުމާ ހަމައަށް ހުދު ސަމާލު ނެރެފަ އެވެ.
ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު