ރަޝިޔާ އަދި ޗައިނާ އިން ކޮވިޑް-19 އަށް އުފައްދާ ވެކްސިން ތަކަކީ އާންމު ރޯގާތައް ފަތުރާ ވައިރަސްތަކުން ސަލާމަތް ވުމަށް އުފައްދާ ވެކްސިންތަކަށްކަށްވުމުން ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި މިވެކްސިންތަކުން މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށް ބުނެ ގިނަ ސައިންސްވެރިންގެ ފާޑުކިޔުން އަމާޒުވެއްޖެ ކަމަށް ރޮއިޓާސް އިން ހާމަކޮށްފިއެވެ.

އެޑިނޯވައިރަސް ޓައިޕް 5 ގެ މޮޑިފައިޑް ފޯމަކަށް އުފައްދާފައިވާ ޗައިނާގެ ވެކްސިން، އެގައުމުގެ ސިފައިންގެ ގަޔަށް ޖެހުމުގެ ހުއްދަލިބިފައިވާ ކަމަށް ވެކްސިން އުފައްދާ ކުންފުންޏާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވާ ކަމަށް ރެއެޓާސް އިން ހާމަކޮށްފައިވެއެވެ. އަދި މިވެކްސިންގެ އިތުރު ތަހުލީލުތަކުގައި ބައިވެރި ވުމަށް އެކިގައުމުތަކަށް ހުޅުވައިލާނެކަމަށްވެސް ފާހަކޮށްފައިވެއެވެ.

ރަޝިޔާއިން އުފައްދާފައިވާ ވެކްސިނަކީވެސް އެޑިނޯވައިރަސް ޓައިޕް 5 ބޭނުންކޮށްގެން އުފައްދާފައިވާ ވެކްސިނެއްކަމަށް ރޮއިޓާސް އިން ހާމަކޮށްފައިވެއެވެ.

އެޑިނޯވައިރަސް ޓައިޕް 5 ބޭނުންކުރުމުން ސުވާލު އުފެދޭ ކަމަށާއި، އެއީ ގިނަ ބަޔަކު އެޑިނޯވައިރަސް ޓައިޕް 5 އިމިއުން ވުމުގެ ސަބަބުން މިވެކްސިނުން ކުރާ އަސަރު 70 އިންސައްތައަށް ވެސް ނާރާނެކަމަށާއި، 40 އިންސައްތަ ވަރު ފައިދާ ވެދާނެކަމަށާއި މިހެންކަމުން މިދެގައުމުން އެޑިނޯވައިރަސް ޓައިޕް 5 ބޭނުންކުރުމުގެ ސްޓްރެޓެޖީ އަކީ ކޮބައިކަން ޔަގީންނުވާކަމަށް ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ވެކްސިން ރިސާރޗާ، އާނާ ޑާރބިން އާ ހަވާލާދީ ރޮއިޓާސް އިން ހާމަކޮށްފައިވެއެވެ.

ނަމަވެސް ވެކްސިން އުފައްދާ ދެކުންފުންޏަކީވެސް އެތައް އަހަރެއްގެ ތަޖުރިބާ ލިބި އަދި އެޑިނޯވައިރަސް ޓައިޕް 5 ބޭނުންކޮށްގެން އެބޯލާ އަަށްވެސް ވެކްސިން އުފައްދާފައިވާ ބައެއް ކަމަށް ރޮއި ޓާސް އިން ހާމަކޮށްފައިވެއެވެ.

ގިނަބަޔަކު އެޑިނޯވައިރަސް ޓައިޕް 5 އާދެކޮޅަށް އެންޓިބޮޑީޒް ބޭނުންކޮށްފައިވާތީވެ އެޑިނޯވައިރަސް ޓައިޕް 5 ބޭނުންކޮށްގެން ހަދާވެކްސިން އިން މާބޮޑު ފައިދާއެއް ނުވާނެ ކަމަށް ގިނަ ސައިންސްވެރިން ބުނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އެޑިނޯވައިރަސް ޓައިޕް 5 ބޭނުންކޮށްގެން ހަދާފައިވާ ވެކްސިނުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތުވެސް ބޮޑު ކަމަށް ސައިންވެރިންފާހަގަ ކޮށްފައިވާކަމަށް ރޮއިޓާސް އިން ހާމަކުރެއެވެ.

ކޮރޯނާވައިރަހާއި ހަނަގުރާމަ ކުރުމަށް މުޅިދުނިޔެ ވެކްސިނަކަށް ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި ރައްކާތެރި އަދި ބޭނުންހިފޭނެ ވެކްސިނެއް ތައްޔާރުކުރުން މުހިންމުކަން، ހާވާޑްގެ ވެކްސިން ރިސާޗާއެއް ކަމަށްވާ ޑރ. ޑޭން ބަރޫޝް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން