އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   31 އޯގަސްޓު 2020 - 0:17
ޖަޕާނުގެ ކުންފުންޏަކުން އުދުހޭ ކާރެއްގެ ފުރަތަމަ ޓެސްޓް ދަތުރު ކާމިޔާބީކަމާއެކު ނިންމާލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.



ސްކައި ޑްރައިވް އިންކް އިން ނެރެފައިވާ ނިއުސް ރިލީޒެއްގައި ބުނެފައިވަނީ މިއީ ޖަޕާނުގެ ތާރީޚުގައި އުދުހޭ ކާރެއް އުފެއްދި ފުރަތަމަ ފަހަރު ކަމަށެވެ. މި ކާރުގެ ޓެސްޓް ޑްރައިވް ކުރިއަށް ގެންގޮސްފައިވަނީ ޓޮޔޯޓޯގެ ޓެސްޓް ފީލްޑުގައި މި އޯގަސްޓްމަހުގެ 25 ވަނަ ދުވަހުއެވެ.



އެސް.ޑީ 3 ނަމަކަށް ކިޔާ މިކާރު ދުއްވާފައިވަނީ ފިރިހެނެއް ކަމަށާއި އަދި އެކާރު 4 މިނެޓުވަންދެން ވައިގެތެރޭގައި ބުރުޖަހާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް މިކާރުގެ އަގު އަދި އިއުލާން ކޮށްފައެއް ނުވެއެވެ.



އެސް.ޑީ.3 އަކީ މަތިން ދުއްވާ އުޅަނދުތަކުގެ ތެރެއިން މުޅި ދުނިޔެއިން ވެސް ފާހަގަ ކޮށްލެވޭ އެންމެ ކުޑަ އުޅަނދެވެ. އަދި މިކާރު ޕާރކް ކުރުމަށް އާދައިގެ 2 ކާރު ޕާރކް ކުރާނެ ޖާގަ ބޭނުންވާނެ ކަމަށާއި އެކާރުގައި އިމަރޖެންސީ ޙާލަތްތަކުގައި ބޭނުންކުރުމަށް 8 މޯޓަރު ހަރުކޮށްފައި ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ޓޮޔޯޓާ އިން ބުނެފައިވަނީ ޓެސްޓް ފީލްޑުން ބޭރުގައި މިކާރު ޓެސްޓް ކުރެވޭނީ މިއަހަރުގެ ފަހު ކޮޅުކަމަށެވެ.



ކާރުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކޮށް ނިންމުމަށް ފަހު މި އުދުހޭ ކާރު އާންމުންނަށް ނެރެވޭ ވަރުވާނީ 2023 ވަނަ އަހަރުކަމަށް ސްކައި ޑްރައިވް އިންކާއި ޙަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން