ގދ. ގައްދޫގައި ބިދޭސީންނަށް ދުވަހު މުސާރައަށް މަސައްކަތް ކުރެވޭނެ އަގު ލިމިޓްކޮށްފި އެވެ.

ގައްދޫ ކައުންސިލުން ބުނީ މި އުސޫލަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބޭ ބާރުގެ ދަށުން ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ އުސޫލުތަކާއި އެއްގޮތަށް ގައްދޫ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 166 ވަނަ ޖަލްސާއިން ފާސްކުރި އުސޫލެއް ކަމަށެވެ.

ގައްދޫ ކައުންސިލްގެ ރައީސާ ހަދީޖާ އަހުމަދު އަޒާލް "ރަސް"އަށް ވިދާޅުވީ އެ އުސޫލު ހަދަން ޖެހުނީ ބިދޭސީން ބޮޑު އަގުގައި ދުވަހު މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

އެގޮތުން ދުވަހު މަސައްކަތަށް ދުވާލަކަށް 800 ރުފިޔާވެސް ބައެއް ފަހަރު ނަގާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ކައުންސިލުގެ ރައީސާ ވިދާޅުވި އެވެ.

ކައުންސިލުން އެކުލަވާލި އުސޫލުގައިވާ ގޮތުން ރާނައި ސިމެންތި ޖެހުމުގެ މަސައްކަތުގެ ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ 300ރ. އެވެ. އަދި އެ ދާއިރާގެ އެހެން މަސައްކަތްތަކުގެ ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ ދުވާލަކަށް 250ރ. އެވެ.

އޭގެ އިތުރުން ނަރުދަމާއާއި ޖަންކްޝަން ސާފުކުރުމުގެ އެކިއެކި ބޭނުމަށް ކޯރު ކޮނުން ފަދަ މަސައްކަތުގެ ދުވަހު އުޖޫރައަކީ ކެއުމާއެކު ދުވާލަކު 300 ރުފިޔާ އެވެ. އަދި އެ ދާއިރާގެ އެހެން މަސައްކަތްތަކުގެ ދުވަހު އަގަކީ 250 ރުފިޔާ އެވެ.

ފައިބަރު މަސައްކަތްތަކަށް ދުވަހުގެ އުުޖޫރައަށް ކެއުމާއެކު 300 ރުފިޔާ ކަނޑައެޅި އިރު އުސޫލުގައި ބަޔާންކޮށްފައި ނުވާ މަސައްކަތްތަކަށް ދުވާލަކަށް ކެއުމާ އެކީ ކޮންމެ މީހަކަށް ދުވަހު މުސާރައިގެ ގޮތުގައި ދެވޭނީ 250ރ. ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަ މިއާ އެކީ ނަރުދަމާ ޖަންކްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޮނުން ފަދަ މަސައްކަތްތަކަށް ދުވަހުގެ އުޖޫރަ އަކީ ވެސް 250ރ. އެވެ. މީގެ އިތުރުން ފައިބަރު މަސައްކަތްތަކަށް ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ 300ރ. އެވެ.

ގައްދޫ ކައުންސިލުން ބުނީ އުސޫލުގައި ބަޔާންކޮށްފައި ނުވާ މަސައްކަތްތަކަށް ދުވާލަކަށް ކެއުމާ އެކީ ކޮންމެ މީހަކަށް ދެވޭނީ 250ރ. ކަމަށެވެ.

ވަރަށް ގިނަ ރަށްރަށުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަމިއްލަ މަސައްކަތްތައްކޮށް ދަނޑު ހައްދައިގެން ވަރަށް ބޮޑު އާމްދަނީއެއް ހޯދައެވެ. ނަމަވެސް ގާނޫނު ބުނާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންނަށް ކުރެވޭނީ އޭނާއަށް ހުއްދަ ދީފައިވާ ތަނުގައި ހުއްދަ ދީފައިވާ މަސައްކަތެކެވެ. ރަށުތެރެއިން މަސައްކަތް ހޯދައިގެން ދުވަހު މުސާރައަށް މަސައްކަތް ކުރުމަކީ ގާނޫނާ ޚިލާފު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން