މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވީ ވެމްކޯގެ މުވައްޒަފެއްކަން ހާމަވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:53 ހާއިރު ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި ގދ. ގައްދޫ /ޖުޕިޓަރ، މުޙައްމަދު ލީވާން ޢަބުދުލްލަތީފަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
އޭނާގެ ހާލު ސީރިއަސްކަމުން ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައެވެ.
އެ އެކްސިޑެންޓްގައި ލީވާންގެ ފުއްޕާމެއާ ސިކުނޑިއަށް ލޭ އެޅި މޫނުގެ ކަށިތައް ބިންދައިގެން ގޮސް އޭނާގެ މޭކަށިގަނޑަށް އަނިޔާވިއިރު އޭނާގެ ސައިކަލަށާއި ކާރަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެެވެ.
ވެމްކޯއިން ފޭސްބުކްގައި ބުނީ ލީވާން ނިޔާވުމަކީ އެ ކުންފުންޏަށް ލިބުނު ހިތާމައެއް ކަމަށާއި މި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަމަށް އެދޭ ކަމަށެވެ.
އަދި މިއަދު މެންދުުރު ނަމާދަށް ފަހު އޮންނަ އޭނާގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވުމަށް ވެސް އެދިފައި ވެއެވެ.
އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު