ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ހުންނަ ކުރެދިމާ ޕްރީސްކޫލް (ކޭޕީއެސް) ކައިރީގައެވެ.
ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:54 އެހާކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އެކްސިޑެންޓުވި ދެ ސައިކަލުގައި ތިބި ދެ މީހުންނަށެވެ. އެ ދެ މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދިޔަ ނަމަވެސް، އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފަހަކަށް އައިސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުޑަކުއްޖަކު ވަނީ ނިޔާވެފައެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އުޅަނދުފަހަރު ދުއްވުމުގައި ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު