އަޒެރުބައެޖާނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެ ދަތުރުތައް ފަށަން ނިންމާފައި ވަނީ އަޒެރުބައިޖާންގެ އެންމެ ބޮޑު އެއާލައިން އަޒެރުބައިޖާން އެއާލައިންސުންނެވެ.

އެގޮތުން އަޒެރުބައެޖާންގެ ވެރިރަށް ބަކޫއިން ރާއްޖެއަށް އަންނަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ދެ ދުވަހު ދަތުރުތައް ކުރަން ފަށާނެ އެވެ.

އެއީ ހުކުރު ދުވަހާއި އާދިއްތަ ދުވަހު އެވެ.

އަޒެރުބައެޖާނުން ދަތުރުތައް ފަށާއިރު އެ ސަރަހައްދުން ތުރުކީއިން ވެސް މިހާރުވެސް ރާއްޖެއަށް ސީދާ ދަތުރުތައް ކުރެއެވެ.

އެހެން ނަމަވެސް އަޒެރުބައެޖާނުން ދަތުރުތައް ފެށުމުން މެދުތެރޭ އޭޝިއާގެ ސަރަހައްދުގެ ގައުމުތަކާ ރާއްޖެއާ އިތުރަށް ގުޅިގެންދާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން