އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަ މަޝްރޫއެއްގެ ނިމުން ރޭ ފާހަގަކޮށްފިއެވެ.
އެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ބޭއްވި ރަސްމިއްޔާތެއްގައެެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) އެއްބަސްވުމުގެ ދަށުން ހިންގި މަޝްރޫއުތަކެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރި މެންޓަލް ހެލްތު ޔުނިޓާއި, ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ގއ. ކޮނޑޭގައި މަގުބައްތި ހަރުކުރުމުގެ މަޝްރޫއާއި, ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓާއި,
ލ. ގަމުގެ އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓާއި,
ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް މަޝްރޫއެެވެ.
މިއީ ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހިންގަނީ ފެށި މަޝްރޫއުތަކެކެވެ.

Another milestone in India’s commitment to community empowerment in Maldives!
— Moosa Zameer (@MoosaZameer) August 9, 2024
Proud to jointly inaugurate with H.E. @DrSJaishankar six High Impact Community Development Projects completed under Indian grant assistance. These projects — Mental Health Unit in R. Ungoofaaru; Child… pic.twitter.com/4vPruA8BhC
ފޮރިން މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރި މެންޓަލް ހެލްތު ޔުނިޓާއި, ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ގއ. ކޮނޑޭގައި މަގުބައްތި ހަރުކުރުމުގެ މަޝްރޫއާއި, ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓާއި,
ލ. ގަމުގެ އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓާއި,
ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް މަޝްރޫއެެވެ.
މިއީ ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހިންގަނީ ފެށި މަޝްރޫއުތަކެކެވެ.

MAR
ކިޔުންތެރިންގެ ހިޔާލު