ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ.
އަދި އެކަން ފޮރިން މިނިސްޓްރީން ވަނީ އޭނާގެ އާއިލާއަށް އަންގާފައިކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން މައުލޫމާތު ލިބުނުގޮތުގައި ދިވެއްސަކު މަރުވެފައިވާކަން އެ އެމްބަސީއަށް ވަނީ ރިޕޯޓްކޮަށްފައެވެ. އަދި އެކަން އާއިލާއަށް އަންގާފައިވާކަމަށްވެސް އެމްބަސީއިން ބުންޏެވެ. އިތުރު ތަފްސީލެއް ލިބިފައި ނުވެއެވެ.
ނަމަވެސް ބެންކޮކްގައި ދިރިއުޅޭ ބައެއް ދިވެހިންގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި މިއަދު ހަވީރު ހާއިރު މަރުވެފައި އޮތްވައި ފެނުނީ ތ. ތިމަރަފުށްޓަށް ނިސްބަތްވާ މުއާވިޔަތު މޫސާ ނަމަކަށް ކިޔާ ޒުވާން ފިރިހެނެކެވެ. އެހެންނަމަވެސް އެއީ ބެންކޮކުގައި ދިރިއިޅޭ ޒުވާނެއްކަމެއް ނުވަތަ ވިޔަފާރި ދަތުރެއްގައި އައިސްއުޅޭ ޒުވާނެއް ކަން ސާފުވާ ގޮތެއް ނުވެއެވެ.
ތައިލެންޑުގެ ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުން ދާއިރު، މީގެ ދުވަސްގަނޑެއް ކުރީންވެސް ހޮޓަލެއްގެ ތެރޭ 6 މީހަކު މަރުވެފައި އޮތްވާ ވަނީ ފެނިފައެވެ. އެފަހަރު އެއީ ވިއެޓްނާމަށް ނިސްބަތްވާ ބައެކެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކަކީ ވިޔަފާރީކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހީން ވަރަށް ގިނައިން ގޮސްއުޅޭ ރަށެކެވެ. އަދި އެއީ ބައެއް ދިވެހިން ދިރިއުޅެމުންދާ ރަށެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު