ހަނގުރާމަވެރި ހަތިޔާރު އެތެރެކުރަން ހުޅުވާލެވިފައިވާ ކަމަށް ބުނެ ހަބަރު ފެތުރީ މަފްޙޫމު އޮޅޭގޮތަށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމުން އާއްމުކުރި ނޫސްބަޔާނުގައި ބުނީ، ޚަބަރުތަކުގައި ތަސައްވުރު ކުރެވިފައިވާ "ހަތިޔާރު" ނުވަތަ "ހަނގުރާމަވެރި ހަތިޔާރު" އެއްވެސް ހުރައެއް ނެތި ރާއްޖެއަށް ގެނައުމަށް ހުޅުވާލެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުނި ކަމަށް ދޭހަވާގޮތަށް ޚަބަރުތަކުގައި ލިޔެވިފައިވަނީ މަފްޙޫމު އޮޅޭގޮތަށް ކަމަށެވެ.
އަދި އެފަދައިން ހަބަރު ފެތުރުމުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ކަމަށް ކަސްޓަމުން ބުނެއެވެ.
ކަސްޓަމުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ އެދިވަޑައިގަތުމަށް، ކަސްޓަމުން މިއަދު އެ ކޮމިޓީއަށް ހާޒިރުވެ، ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދީފައި ވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއި، ރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި ކަސްޓަމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވާނެ ކަމަށް ކަސްޓަމުން ބުންޏެވެ.
އެގޮތުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން، ބަނދަރަށް އައުމުގެ ކުރިން ކަނޑުމަތިން އެތަކެތި ލޯކަލް އުޅަނދުފަހަރުގައި ބާލައިގެން ފަޅު ރަށްރަށަށް ގެންގޮސް އެތެރެކުރާ ކަމުގެ މުޢުތަބަރު މަޢުލޫމާތު ކަސްޓަމްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބޭކަން ހާމަ ކޮށްފައިވާނެ ކަމަށް ކަސްޓަމުން ބުންޏެވެ.
"ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މީގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން އެ މަޢުލޫމާތު ހިއްސާކޮށްފައިވާކަން ފާހަގަކޮށް، އެ މަގުން ތަކެތި އެތެރެކުރެވޭނަމަ، ހަމައެކަނި މަސްތުވާތަކެތި އެތެރެކުރާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމާއ،ި ޤާނޫނާއި ގަވާއިދާ ޚިލާފު އެހެނިހެން ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އޮންނާނެތީ އެކަން ހުއްޓުވުމަށްޓަކައ،ި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ޙިއްސާކުރުމާއ،ި ސަރވައިލަންސް އާއި މޮނިޓަރިންގ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް،
ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާކަން ވާނީ ފާހަގަކޮށްފައެވެ." ކަސްޓަމުން ބުންޏެވެ.
މީގެ އިތުރުން ކަސްޓަމުން ބުނީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައ،ި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ރާއްޖޭގެ ސަރަޙައްދު ކަނޑާއި ވައިގެ މަގުން 24 ގަޑިއިރު ބަލަހައްޓަމުންދާއިރު، ކަސްޓަމުން ބަލަންޖެހޭ ކަންކަންވެސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން
ބަލަހައްޓަމުންދާ ކަމަށެވެ.
މިގޮތުން، ދުރާލައި އުޅަނދުފަހަރު އައުމުގެ ކުރިން އެއާބެހޭ މަޢުލޫމާތު ހޯދައި ރިސްކުތައް ދެނެގަނެ، ރިސްކު އޮންނަ ޙާލަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތައް ހިންގާ ކަމަށާއި މި ކަންކަން ހަރުދަނާ ކުރުމަށްޓަކައި މި މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚާއްސަ ތަމްރީނުތައް ދެވެމުންދާކަމަށްވެސް ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން ވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަސްޓަމުން ތަންފީޒްކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒްކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ދީފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު