ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ ރެއިޑް އޮޕަރޭޝަންތައް ރޭ ވެސް ކުރިއަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ މާލެ ސަރަހައްދުން ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ފަހާ ތަނަކާއި މޯބައިލް ސާވިސްކުރާ ދެ ތަނެއްގެ އިތުރުން ދެ ފިހާރައެއް ހިމެނޭ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
"މިރޭ ބަލާ ފާސްކުރި ހުރިހާ ތަނެއްގައި މަސައްކަތް ކުރަމުންދިއަ ބިދޭސީންގެ ސައްހަ ވިސާ އޮވެ، ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުން ދާކަން ފާހަގަ ކުރަން." އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން މި ފަހަރު ހިންގާ ރެއިޑްގައި ބޮޑަށް އިސްކަން ދެމުން ދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ރީޓެއިލް ވިޔަފާރި އަދި ހޮޓާތައް ހިންގާ ބިދޭސީންނަށެވެ.
އެގޮތުން އެކި ރޭގެ މަތިން ދަނީ އެގޮތަށް ވިޔަފާރި ކުރާ ބިދޭސީން އަތުލައިގަންނަމުން ނެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އިމިގްރޭޝަންގެ އޮޕަރޭޝަންތައް ފުޅާކުރިފަހުން ގަވައިދާ ހިލާފަށް އުޅޭ 2000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލައިފަ އެވެ.

ARG
ކިޔުންތެރިންގެ ހިޔާލު