ނޭޕާލްގެ އާ ބޮޑުވަޒީރުގެ މަގާގާ ހަވާލުވެވަޑައިގެންނެވި ކޭޕޭ ޝަރުމާ އޮލީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. ،މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ޝަރުމާއަށް މަރުހާބާ ވިދާޅުވެ، ވިދާޅުވީ ނޭޕާލާއި ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ރައްޔިތުންތަކެއް ކަމަށާއި އަދި ޝަރުމާގެ ޒައާމަތުގައި ރާއްޖެއާއި ނޭޕާލްގެ ގުޅުން އިތުރަށް ވަރުގަދަކުރަން ބޭނުންފުޅުވާ ކަމަށެވެ.

ރާއްޖެއާއި ނޭޕާލާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1980 ވަނަ އަަހަރު އެވެ.

ރާއްޖޭގެ އެކި ދާއިރާތަކުގައި ބިދޭސީ މަސައްކަތްތެރިން ޝާމިލުވާއިރު ނޭޕާލުގެ ގިނަ ރައްޔިތުންތަކެއް ރާއްޖޭގައި މަސައްކަތް ކުރެއެވެ.

ހަަމަ އެހެންމެ ނޭޕާލަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން މަތީ ތަޢުލީމް ހާސިލު ކުރަމުންދާ ވެސް ގައުމެކެވެ.



ކިޔުންތެރިންގެ ހިޔާލު