ގަވައިދާ ހިލާފަށް ވިޔަފާރިތައް ހިންގުމުގައި ހަރަކާތްތެރިވާ ބިދޭސީން އަތުލައިގަތުމަށް ރޭ ވެސް އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަނެއް ހިންގައިފި އެވެ.

އެކަމާ ގުލޭ ގޮތުން އިމިގްރޭޝަނުން އެކްސްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ މާލެ ސަރަހައްދުގައި ބިދޭސީން ވިޔަފާރިކުރަމުންދިއަ 04 ތަނެއް ބަލާ ފާސްކޮށް ހެދި ކަމަށެވެ.

އަދި އޭގެ ތެރެއިން ފަސް ބިދޭސީ ފިރިހެނަކާއި އެއް އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް އިމިގްރޭޝަނުން ވަނީ ވަރުގަދަ ރެއިޑް އޮޕަރޭޝަނެއް ހިންގައި ހަމަ އެފަދަ ވިޔަފާރިތަކުގައި އުޅުނު ބިދޭސީންތަކެއް އަތުލައިގެންފަ އެވެ.

އެގޮތުން މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް ޝައްކު ކުރެވޭ ބިދޭސީ ބޮޑަކާއި އޭނާއާއެކު އެ ސައިޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ތިން ފިރިހެނަކާއި އެއް އަންހެނަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އެރޭ ގެންދިޔައެވެ.

އޭގެ އިތުރުން ހަމަ އެ ރޭ ވަނީ ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިއަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ފަށާފައިވަނީ ހުސްވި ޖޫންމަހުގެ ފަހުކޮޅުއެވެ. މި ޖޮއިންޓް އޮޕަރޭޝަންގެ ތެރެއިން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތައް ދެނެގަނެ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެކަމަށް މީގެ ކުރިން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


0

ގާސިމް

10-Jul-2024

ެއިންޑިޔާ އެންބަސީ ކުރިމަތީގައި ބޭރު މީހުން ހިންގާ ޓްރެވަލް އެޖެންސީ ދޮރުމަތީގައި ޑިއުޓީ ފުލުހެއް ޔުނީފޯމުގައި އަބަދުވެސް އިނދޭ. މި އީ މަޖާކަމެއް. ގަވައިދު ހިންގަނީ އެއްފަަަޅިން.



ޓްރެންޑިން