މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތިން ދިވެހި ފިރިހެނުންނެވެ.
އެއީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި، 21 އަހަރުގެ ދިވެހި ފިރިހެނަކާއި، 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރަހީނުކޮށް އިނގިލި ބުރިކޮށްލި ކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކުރި ނަމަވެސް އެ ތިން މީހުންވެސް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
އެ މީހުން ބުނެފައި ވަނީ އަނިޔާ ލިބުނު މީހާއަކީ އެ މީހުންނާއެކު މަސައްކަތް ކުރާ މީހެއް ކަމަށާއި އަދި އޭނާގެ އިނގިލި ބުރިވީ ޕަވަރޓޫލްއެއް ބޭނުން ކުރަނިކޮށް ކަމަށެވެ.
އަދި އޭނާ ރަހީނުވެސް ނުކުރާ ކަމަށް އެމީހުން ބުނެފައި ވެއެވެ.
އެހެން ނަމަވެސް އަނިޔާ ލިބުނު މީހާގެ ފޮޓޯތަކަށް ރިއާޔަތްކޮށް އެއީ ގަސްދުގައިކޮށްފައިވާ ކަމެއް ކަމަށް ބަލައި އެ ތިން މީހުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރަން އަމަުރު ނެރެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު