ކީރިތި ޤުރުއާން ހިތުދަސްކުރާ ކުދިން އުމްރާއަށް ފޮނުވަން ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ތިރީސް ހަވަނަ ގައުމީ ޤުރުއާން މުބާރާތް އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކީރިތި ޤުރްއާނާއި އިސްލާމްދީނަށް މި ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ.
ހަމަ އެހެންމެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ކީރިތި ޤުރްއާން ހިތުދަސް ކުރާ ކުދިން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު ފެއްޓެވުމުގެ ގޮތުން ފުވައްމުލަކުން ޤުރްއާން ހިތުދަސްކުރި ހަތް ދަރިވަރަކު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން އަންނަ އަހަރުން ފެށިގެން ޤުރްއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ތިން ފޮތަށްވުރެ ގިނައިން ދަސް ކުރާ ދަރިވަރުންނަށް ޕޮކެޓު މަނީއެއް ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް އާ ބިނާއެއް ބޭނުންވާކަން ފާހަގަކުރައްވާ އެކަމުގެ މަޝްވަރާތައް ރައީސުލްޖުމޫރިއްޔާއާއި ކުރައްވާނެކަމަށާއި މިދައުރުގެ ތެރޭގައި ޤުރްއާނާއި ބެހޭ މަރުކަޒުގެ އަމިއްލަ އިމާރާތެއް ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު