ހުޅުމާލެ ފޭސް 2، ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިނުކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އިލްތިމާސް ކޮށްފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް 2، ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަދާފާއިވާ ހަޓްތައް މިހާރު ނަގާފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ އާންމު ފަރާތްތަކުގެ ލޮޓް ތަކުގެ ތެރޭގައި ވިޔަފާރިކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިއަދު އެޗްޑީސީން ކުރި އިއުލާނުގައި ބުނީ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި ގަވާއިދާ ހިލާފަށް މިކަހަލަ ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ލޮޓް ތަކުގެ ވެރިފަރާތުން އެކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު