ވޭތުވެދިޔަ 7 މަސް ދުވަހުގެތެރޭގައި ޓެކްސް ޕޭޔަރުންގެ ފައިސާއިން މަސްވެރިންނަށް 11 މިލިއަން ރުފިޔާގެ ސަބްސިޑީ ދީފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބޭނި މަހަށް ފައިސާ ނުލިބިގެން މަސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް، ޕީއެންސީ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުގައި 2020ވަނަ އަހަރުގެ މާޗު މަހު ކަޅުބިލަ މަސް ކިލޯއެއް ވިއްކަން ހުރީ 16 ރުފިޔާއަށްކަމަށެވެ.
އަދި އޭގެ ފަހުން މަސް ކިލޯއެއް 17 އަށް ބޮޑުކޮށްފައި އޮތުމަށްފަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މަސް ކިލޯއެއް 25 ރުފިޔާއަށް ބޮޑު ކުރިކަމަށާއި ނަމަވެސް ވެރިކަން ނިމުނު އިރު ވެސް އެންމެ ފައިސާފޮއްޗެއް ވެސް މަސްވެރިންނަށް ދީފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ނަމަވެސް އޭރުވެސް ގެންދިޔައީ، ދަރަންޏަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑު ކުރުމަށްފަހު ފައިސާ ޗާޕު ވެސް ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕު ނުކޮށްވެސް މިހާތަނަށް 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ޚަލާސްކޮށްފައިވާ ކަމަށެވެ. އެއީ 11 މިލިއަން ރުފިޔާގެ ސަބްސިޑީ ހިމަނައިގެންކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
"ދައުލަތުން ސަބްސިޑީގެ ގޮތުގައި ކަޅުބިލަ މަސް ވެރިކަން ކުރައްވާ ބޭފުޅުންގެ އަތުން މިފްކޯ އިން ގަތް މަހަށް، ދައުލަތުން މިފްކޯ އަށް، އަޅުގަނޑު މި ވާހަކަ ދައްކާއިރު ނުދެއްކި އޮތް ބެކްލޮގާއި އެކީގައި 270 މިލިއަން ރުފިޔާ މިއަދާއި ހަމަޔަަށް ސަބްސިޑީޒްގެ ގޮތުގައި ދީފި، މުޅި ޖުމުލަ މަސްވެރިން މި ސަރުކާރު 17ނޮވެމްބަރު 2023 އިން ފެށިގެން މިއަދާއި ހަމަޔަށް މަސްވެރިން ބޭނި މަހަަށް ތެލުގެ ސަބްސިޑީޒް ލައިގެން 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ޚަލާސްކޮށްފި، މިވާހަކަ ދެއްކީމަ މަސްވެރިން ވިދާޅުވަނީ އެއީ ތިމަންނަމެން ބޭނިމަހަކަށް ނޫންހޭ ފައިސާ ދެނީ އެވާހަކަ ނުދައްކާށޭ. މިވާހަކަ ދައްކަންޖެހޭ. މިއީ ރައްޔިތުންނަށް އެނގެންޖެހޭ ވާހަކައެއް. ދިވެހި ޓެކްސް ޕޭޔަރުން ދައްކާ ފައިސާ ސަބްސިޑީޒް ގޮތުގައި ދެވޭ އަދަދު ދިވެހި ހުރިހާ ރައްޔިތުންނަށް އެނގެންޖެހޭ." ޝިޔާމް ވިދާޅުވިއެވެ.
މިރޭގެ ވާހަކައިގައި ޝިޔާމް ވަނީ މަސްވެރިންނަކީ ސަބްސިޑީއާއި ނުލާ އެ މަސައްކަތުގައި އުޅެވޭނެ ބަޔަކަށް ހަދާނެކަމަށާއި އަދި މި ސަރުކާރުން މިފްކޯ އިތުރަށް ވަރުގަދަ ކުރާނެކަމަށް ވެސް ވިދާޅުވެފައެވެ.
އެގޮތުން ރޮލާ ހުރިގޮތަށް މަސް ބޭރު ނުކޮށް އެމަސް ދަޅާއި ކޮތަޅަށް އަޅައިގެން ބޭރުކޮށް މަހަށް ރަނގަޅު އަގު ހޯދުމަކީ މިސަރުކާރުގެ އަމާޒު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުގެ މަސްކުންފުންޏަށް މަސްވެރިން ބާނާ މަސް ގަންނަނީ ބޮޑު ގެއްލުމުގައެވެ. އެމަހަށް ދޭ ފައިސާގެ ބޮޑުބަޔަކީ ޓެކްސް ފައިސާއިން ސަބްސިޑީގެ ގޮތުގައެވެ. އެހެންކަމުން މަސްވެރިންނަކީ ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބޭ ދިވެހި ރައްޔިތުންނެވެ.

ކިޔުންތެރިންގެ ހިޔާލު