ގދ. ފިޔޯރީން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ މިރޭ އެރަށު ފަޅު ގެއަކުން ފެނިއްޖެއެވެ.

ގދ. ފިޔޯރީން މިރޭ އިރާކޮޅުން ފެށިގެން ގެއްލިގެން ހޯދަމުންދިޔައީ އެ ރަށު ފިނިވިލާގޭ އުމުރުން އެންމެ އަށް އަހަރުގެ މީނާލް މުޙައްމަދު އެވެ. ފުލުހުން ބުނީ މީނާލް އެރަށު ފަޅުގެއެއްގެ ތެރޭގައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެކުއްޖާ ފެނުނުއިރު ހުރީ "ހީކަރުވައި ވަރުދެރަވެފަ"އެވެ. އެެހެންވެ ހޮސްޕިޓަލަށް ގެންދިޔަކަމަށާއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މީނާލް ގެއްލިގެން މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 7:08 ހާއިރުކަމަށެވެ. އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ ހަވީރު 5:00 ހާއިރު ގެއިން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މީނާލް ގެއްލިގެން ހޯދުމުގެ މަސައްކަތް ފިޔޯރީ ރައްޔިތުންނާއި ފުލުހުން ވަނީ ކޮށްފައެވެ.

މިމައްސައިގެ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން