ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) ޖަލްސާއެއް އަންނަ ހޯމަ ދުވަހުގެރޭ ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

މިއީ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ފަހު އެޕާޓީން ބާއްވާ ފުރަތަމަ ޖަލްސާއެވެ.

ޕީއެންއެފުން ބުނީ އަންނަ ހޯމަ ދުވަހުގެރޭ އެ ޕާޓީން ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވާނެ ކަމަށެވެ. އަދި މި ޖަލްސާ އޮންނާނީ ޕީއެންއެފްގެ އޮފީހުގައި ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.

ޕާޓީގެ އޮފީސް ކުރިން ހިންގަމުން އައީ ކުރިން އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީޕީއެމް އޮފީސް ހިންގި އިމާރާތުގައެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޕީއެންއެފްގެ އޮފީސް ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ބަދަލުކޮށް އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ޕީއެންއެފްގެ ރަސްމީ އޮފީހުގެ ގޮތުގައި ވަނީ ބޭނުންކުރަން ފަށާފައެެވެ.

ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނާ ރަޖިސްޓްރީކޮށްދިނީ މިއަހަރުގެ އޭޕްރިލް މަހުގެ 25 ވަަނަ ދުވަހުއެވެ. 3000 މެމްބަރުން ތިބި އެޕާޓީން މިދިޔަ މަޖިލިސް އިންތިހާބުގައި ރައީސް ޔާމިންގެ ތާއިދާއެކު 35 ދާއިރާ އަކަށް މެމްބަރުން ވާދަކުރި ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް މަޖިލީހުގެ ގޮނޑިއެެއް ކާމިޔާބެއް ނުކުރެވުނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން