ވެރިކަން މައިޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އައު ޖަގަހަ މާދަމާ ރޭ ހުޅުވުމަށް ނިންމައިފިއެވެ.

ޕީއެންސީގެ އާ ޖަހަގަ ގާއިމު ކޮށްފައިވަނީ ކުރިން އެމްޑީޕީގެ ޖަގަހަ ހުރި އަދި ފަހުން ދަ ޑިމޮކްރެޓްސްގެ ޖަގަހަ ހިންގި އިމާރާތުގައެެވެ.

ޕީއެންސީން ބުނީ ޖަގަހަ ހުޅުވުމަށް ބާއްވާ ޖަލްސާ 22 ޖޫން ވަނަ ދުވަހުގެ ރޭ 20:30 ގައި އާޓިފިޝަލް ބީޗް ކުރިމަތި، ހ. ވެޔޮވިލާގައި އޮންނާނެ ކަމަށެވެ.ޖަގަހަ ހުޅުއްވައި ދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު މިއަދުގެ ވަގުތެއްގައި ވަނީ ޖަގަހަ ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ.

ޕީއެންސީން ވަނީ މި ހަރަކާތުގައި އެޕާޓީއަށް އަދި ރައީސް މުއިއްޒުއަށް ތާއީދުކުރައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އެކޮއި

22-Jun-2024

މިހާރު ދިވެހިރާއްޖޭގެ ބަލިވާހުރިހާ މީހުން އާސަންދައިން ބޭސްފަރުވާއަށް ތައިލެންޑަ ށާދުބާއީއަށް ފޮނުވަންފަށައިފި އިންޑިޔާއައް މިހާރު ފޮނުވުން ހުއްޓާލައިފިޓްރެންޑިން