ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލި ފަހުން މިހާރު އަނެއްކާ ވެސް އައްޑޫގައި އިންޑިއާ ސިފައިންތަކެއް އުޅޭ ކަމަށް ބުނެ އާންމުކޮށްފައިވާ ވީޑިއޯއާއި ފޮޓޯގައި ފެންނަނީ ސްރީ ލަންކާގެ ސިފައިން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ދައުރުކުރާ ވީޑިއޯއިން ފެންނަނީ އިންޑިއާ ސިފައިން ނޫން ކަމަށެވެ. އެއީ، ލަންކާ ސިފައިން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި ވީޑިއޯ އިން ފެންނަ ސިފައިންނަކީ ދިވެހި އަސްކަރިއްޔާއާއި ލަންކާގެ އަސްކަރިއްޔާ ގުޅިގެން އައްޑޫ ސިޓީ ފޭދޫގައި ކުރިއަށްގެންދާ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ތަމުރީނަކަށް ރާއްޖެ ޒިޔާރަތްކުރި ސިފައިންނެެވެ. އެގޮތުން ވީޑިއޯއިން ފެންނަ ސިފައިންނަކީ ލަންކާގެ ޓްރެއިނިން އިންސްޓްރަކްޓަރުން ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިދިޔަމަހު ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. އިންޑިޔާ ސިފައިން ބޭލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.

ކިޔުންތެރިންގެ ހިޔާލު