އައްޑޫ ސިޓީގެ މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބިގެން މުޒާހަރާކުރަން ފަށައިފިއެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ މުޒާހަރާގައި މަސްވެރިން ބުނަމުން ގެންދަނީ ވަކި އުސޫލެއް ކަނޑައަޅައި، އެ އުސޫލުގެ މަތިން ފައިސާ ދެވޭނެގޮތެއް ހަދައިދިނުމަށް ގޮވާލަމުންނެވެ. އަދި މަސްވެރިންނާއި ވާހަކަ ދައްކައި މިކަމަށް ހައްލެއް ހޯއްދަވައިދެވޭނެ ބޭފުޅަކު ފޮނުވައި ދެއްވުމަށް އައްޑޫ މަސްވެރިން ވަނީ އެދިފައެވެ.

މުޒާހަރާގެ ބައިވެރިއެއް ރަސް އޮންލައިންއަށް މައުލޫމާތު ދެމުން ބުނީ އީދުގެ ކުރިން އައްޑޫ ސިޓީގެ ކޮންމެ ދޯންޏަކަށް 200،000 ވަރަކަށް ރުފިޔާ ދީފައިވާ ކަމަށެވެ. އައްޑޫ ސިޓީގައި މަހަށްދާ 20 ވަރަކަށް ދޯނި އޮތްއިރު ކޮންމެ ދޯންޏެއްގައި 25 އާއި 30 ވަރަކަށް ފަޅުވެރިން ކޮންމެ ދޯންޏެއްގައި އުޅޭ ކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ.

މަސްވެރިންގެ ޑިމާންޑްތަކަކީ:

- މިހާރު ދޭން ހުރި ފައިސާ ދީ ނިންމާލުން،

- ފައިސާ ދޫކުރެވޭނެ އުސޫލެއް ލިޔުމުން ކަނޑައެޅުން،

- މަސްވެރިކަމާއި ބެހޭ ވަޒީރު އައިސް މަސްވެރިންނާއި ބައްދަލުކުރުން،ފައިސާ ނުލިބޭތީވެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ މާލެ 1 ނަންބަރު ޖެޓީގައި މުޒާހަރާވެސް ކޮށްފައެވެ. އެ މުޒާހަރާއަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ޒިޔާރަތްކުރައްވައި މަސްވެރިންގެ ޝަކުވާތައް އައްސަވާފައެވެ.

މަސްވެރިންނަށް ނުދެވި ހުރި 80 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ދޫކުރާނެކަމަށް މިފްކޯއިން 13 ޖޫންގައި ވަނީ ބުނެފައެވެ. އަދި ޕެންޑިންގ ގައި ހުރި ފައިސާ ހަލާސްކުރުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއާއެކު މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން